Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އެމްއައިބީ އަށް ހުޅުމާލޭން ބިމެއް

މިދިޔަ ހަފުތާގައި ހުޅުމާލޭގައި ބްރާންޗެއް ވެސް ހުޅުވައި ހިދުމަތް ދޭން ފެށި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އަށް ހުޅުމާލޭން ބިމެއް ހަމަޖައްސައިދީ، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެ ބޭންކަށް ހަމަޖައްސައި ދިން މި ބިމަކީ އެމްއައިބީގެ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށް ދިނުމަށް އެ ބޭންކުގެ އާ އިމާރާތް އެޅުމަށް ދިން ބީމެކެވެ. އެއީ 7،000 އަކަފޫޓޫގެ ބިމެކެވެ.

ބިމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެމްއައިބީން ސޮއިކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެމްއައިބީން ހުޅުމާލޭގައި މި މަހުގެ 19 ގައި އެމްއައިބީން ބްރާންޗެއް ހުޅުވީ ވަން އެވެނިއުގެ ގްރައުންޑް ފްލޯގަ އެވެ.