Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލް އޯޕީޑީގެ މަސައްކަތް ނިމުމާ ގާތަށް

ކުޅުދުއްފުށީ ހޮސްޕިޓަލް އޯޕީޑީގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޯޕީޑީ އިމާރާތުގެ މަޝްރޫއުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެގޮތުން ސިވިލް މަަސައްކަތާއި، އެއަރ ކޮންޑިޝަން ހަރުކުރުމާއި، ފިނިޝިންގ މަސައްކަތްތަކާއި، ފަރުނީޗަރު މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، ބަލިމީހުން ބަލާ 23 ކޮޓަރި އިމާރާތް ކުރުމަށް ހަމަޖެހިފައިވެއެވެ.

ދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޯޕީޑީ އިމާރާތުގެ މަޝްރޫއަކީ 20.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.