Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ކޮޅުފުށި ސުނާމީ ބިނާ ރައީސް ހުޅުވައިދެއްވައިފި

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މ. ކޮޅުފުށީ ސުނާމީ ބިނާ ހުޅުވައިދެއްވައިފިއެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑަިގަތުމަށް، ރައީސް ސޯލިހް ކޮޅުފުއްޓަށް ވަޑައިގެންފައިވާއިރު ރައީސް ސޯލިހްގެ އަނބިކަނބަލުންވެސް މި ދަތުރުފުޅުގައި ބައިވެރިވެޑައިގެންފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމުގެ އިތުރުން، އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮޅުފުށީގައި ހުޅުވި ސުނާމީ ބިނާއަކީ ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ އެކެެވެ.

ސުނާމީ ކާރިސާގައި ރާއްޖެއިން ޖުމުލަ 82 މީހަކު ނިޔާވިއިރު، މި ކާރިސާގައި ކޮޅުފުށިން 16 މީހަކު ނިޔާވެފައިވެއެވެ. އަދި ކޮޅުފުއްޓަކީ ސުނާމީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.

ސުނާމީ ކާރިސާއަށް 18 އަހަރު ފުރިފައިވާއިރު، އެ ދުަވސް ފާހަގަކުރަމުން އަންނަނީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.