Last Updated: June 29, 13:09
Monday, June 29, 2026
ކުޅިވަރު

އަފްޢާނިސްތާން 0 – ޕިލިޕީންސް 0

އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ދެވަނަ މެޗްގައި މިރޭ އަފްޢާނިސްތާނާއި ފިލިޕީންސް ބައްދަލު ކުރި މެޗް އެއްވަރު ވެގެން ނިމިއްޖެއެވެ.

ދެ ޓީމުން ވެސް އިދިކޮޅު ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވި ނަމަވެސް، މެޗްގެ ފުރަތަމަ 90 މިނިޓް ހަމަވެފައިވަނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މިރޭގެ މެޗް ފެށުނީ ރަސްމީކޮށް ކުޅެން އޮތް ގަޑިއަށް ވުރެ އެއް ގަޑިއިރު ލަހުންނެވެ. މެޗްގައި ވާދަކުރާ އަފްޢާންގެ ޓީމަށް ގަޑިއަށް ދަނޑަށް ނުގެންދެވިގެން މެޗް ވަނީ ލަސް ކޮށްފައެވެ

މިރޭގެ މެޗް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމަށް ވަދެފައިވެ އެވެ.

_DSC0388

މެޗް ބައްލަވާލެއްވުމަށް ރައީސް އަބްދުﷲ ޔާމީނާއި ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ސްޓޭޑިއަމްގައި ވަޑައިގެން އެބަ ތިއްބެވެ.

ފޯރިގަދަ މެޗެއްގެ ގޮތުގައި އަފްއާނާއި ފިލިޕީންސް ވާދަ ކުރާ އިރު، މެޗް ވަން ބަލަން ވަން ގިނަ ބަޔަކު އަފްޢާން ޓީމަށް ވަރަށް ބޮޑަށް ސަޕޯޓް ކުރަމުން ގެންދާކަން ފާހަގަ ކުރެވެ އެވެ.

މިރޭގެ މެޗް ކުރިއަށްދިޔަ އިރު، ތުނިތުނިކޮށް ވާރޭ ވެހިފައިވެއެވެ.