Last Updated: June 14, 17:57
Sunday, June 14, 2026
ޚަބަރު

ޔާމީންގެ ހުކުމް ހޯދަން ކޯޓް ދޮށުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްޔެ ކްރިމިނަލް ކޯޓުން އިއްވި ހުކުމް ލިބިފައި ނުވާތީ އެ ހޯދަން އިދިިކޮޅު ކޯލިޝަންގެ އިސްވެރިންތަކެއް ކޯޓް ކައިރީގައި މިއަދު ހަރަކާތްތެރިވާން ފަށައިފި އެވެ.

އެގޮތުން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ޔާމީންގެ ގާނޫނީ ޓީމްގެ ބޭފުޅުން ހިމެނެ އެވެ. އިދިކޮޅުން ބުނީ ކޯޓް ކައިރިއަށް ދިޔައީ އިއްޔެ އިއްވި ހުކުމް ނުލިބޭތީ އާއި އެ ހުކުމް އިއްވި މަޖިލީހުގެ ވީޑިއޯ ވެސް ކްރިމިނަލް ކޯޓްގެ ޔޫޓިއުބުން ޑިލީޓްކޮށްފައިވާތީ ކަމަށެވެ.

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް ހުކުމް ބަލައިނުގަންނަ ކަމަށް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެފައިވެ އެވެ. އަދި ހުކުމް އިސްތިއުނާފުކުރަން ވެސް ވަނީ ނިންމައިފަ އެވެ.