Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ގާދިއްފުށީ ފެނާއި ނަރުދަމާ ނިމުމަކާ ގާތަށް

ތ. ގާދިއްފުށީ ފެނާއި ނަރުދަމާ މަސައްކަތް ނިމުމާގާތަށް ގޮސްފައިވާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ، ތ. ގާދިއްފުށީ ފެނާއި ނަރުދަމާ މަޝްރޫއުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ފެނުގެ ނެޓްވޯރކް މަސައްކަތްތަކުގެ 85 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، އިދާރީ މަރުކަޒެއް އިމާރާތްކުރުމާއި، އާރް.އޯ ޕްލާންޓެއް ޤާއިމްކުރުމާއި، 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ޤާއިމުކުރުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި، 2 ޕަމްޕް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ތ. ގާދިއްފުށީ ފެނާއި ނަރުދަމާ މަޝްރޫއަކީ 20.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.