Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފްލައި ދުބާއީއާ އެކީ ގަމާއި ކޫއްޑޫ ގުޅާލެވޭނެ

ފޮޓޯ: މޯލްޑިވިއަން

ފްލައި ދުބާޢީގެ ދަތުރުތަށް ފެށުމަކީ އަކީ ގަން އެެއާޕޯޓުން ކޫއްޑު އަށް ކޮންމެ ދުވަހަކު ދަތުރު ކުރާނެ ކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފި އެވެ.

އެ އެއާލައިން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ބުނި ގޮތުގައި ދުބާއީ ދަތުރުތައް އަންނަ ފެބްރުއަރީ މަހުގެ 4 ގައި ފެށުމުން ކޮންމެ ދުވަހަކުވެސް ގަމާއި ކޫއްޑޫ ދެމެދު ކަނެކްޝަން ދަތުރުތަށް އޮންނާނެ ކަމަށެވެ. ފްލައި ދުބާޢީގެ ދަތުރުތަށް ފަށާ އިރު ކަނެކްޝަން ދިނުމަށް މޯލްޑިވިއަންއާ އެކީ އޮތީ އެއްބަސްވެފަ އެވެ.

މިހާރު ވެސް މޯލްޑިވިއަނުން މި ދޭތެރޭ ޓްރާންސިޓް ދަތުރުތަަށް ކުރެ އެވެ.

މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފަ މީގެ ކުރީން ވިދާޅުވެފައި ވަނީ މި ދަތުރުތަކަށް އެންމެ ލަސްވެގެން ވެސް ހަތަރު ގަޑިއިރުތެރޭ ކަނެކްޝަން ދެވޭނެ ކަމަށެވެ. މިއާ އެކީފްލައި ދުބާއީން އަންނަ ޓޫރިސްޓުންނަށް ހުވަދޫގެ ޓޫރިސްޓް ފެސިލިޓީތަކަށް ފަސޭހަކަމާ ދެވޭނެ އެވެ.

ހުވަ ކަނެކްޝަން ގަމުން ދެމުން އައި އޮޕަރޭޓަރު މެދުވެރިކޮށް ކަމަށް ގަމަށް ޝެޑިއުލް ދަތުރުތަށް މިހާރު ކުރާ ސްރީ ލަންކަން އެއާލައިންސްގެ ޖީއެސްއޭ އޭސް ޓްރެވެލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅު ވިއެވެ. ނަމަވެސް ފްލައި ދުބާޢީ ދަތުރުތަކާއި ގުޅޭ ގޮތުން ފިރާޤު ވިދާޅުވީ މޯލްޑިވިއަނުން މިފަހަރު ކަނެކްޝަން ދޭނީ އައިއޭއެސް އާއު ރިސޯޓުތަކާ ދެމެދު ހެދިފައިވާ އެއްބަސްވުމުގެ ދަށުން ކަމަށެވެ.

ފްލައި ދުބާޢީ އައްޑު އަށް ދަތުރު ފަށާއިރު ކޮންމެ ދުވަހަކު ފްލައިޓެއް އެޅުމަށް ހަމަޖެހިފައިވެ އެވެ. މއެގޮތުން މިއަންނަ އަހަރު ނޮވެމްބަރާ ހަމައަށް ދަތުރުތަށް އެގޮތުގައި ހިފެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް ފިރާގު ވިދާޅުވެފައިވެ އެވެ.

މޯލްޑިވިއަނުން ކޫއްޑު އަށް ދަތުރު އިތުރު ކުރާއިރު، މިހާރު ވެސް ކާނޑެއްދު އާއި ގަމާ ދެމެދުވެސް ޓްރާންސިޓް ދަތުރުތައް ކުރެ އެވެ.