Last Updated: June 24, 22:51
Wednesday, June 24, 2026
ޚަބަރު

ރައީސާ އެކީ އައްޑޫ އޮތުން ލާޒިމު: ނިހާދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އައްޑޫ ދެކެ ވަރަށް ލޯބިވާ ވެރިއެއް ކަމަށާއި އެ މަނިކުފާނާ އެކީ އައްޑޫ އޮތުން ލާޒިމް ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ރައީސަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ޖެހޭކަން ފާހަގަކޮށް އޭނަ ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އައްޑޫ ބާކީކޮށްލާފައި އޮތް ނަމަވެސް މި ސަރުކާރުން އަންނަނީ އައްޑޫ ބަދަލުކޮށްލަން ތަރައްގީގެ އެތައް ބިލިއަން ރުފިޔާއެއްގެ މަޝްރޫއުތައް ހިންގަމުން ކަމަށެވެ.

"އައްޑޫ ދެކެ ލޯބިވާ ހެޔޮ ރައީސެއް ލިބުމަކީ ނިއުމަތެއް،" ނިހާދު ވިދާޅުވި އެވެ. "އައްޑުއަށްޓަކައި ރައީސް ސޯލިހާ އެކީ ތިބުން ލާޒިމް."

މި ސަރުކާރުގައި އައްޑޫގައި މި ވަގުތު ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއަކީ ރަނގަޅު ފެންވަރަކަށް މަގުތައް ހެދުމުގެ މަޝްރޫއު އެވެ. މީގެ އިތުރުން އައްޑޫ ބިން ހިއްކުމާއި ގަން އެއާޕޯޓް ތަރައްގީކުރުން ފަދަ ޕްރޮޖެކްޓްތައް ފެށުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.