Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ

ފޮޓޯ: އެމްޑީޕީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުން ތާވަލުކޮށްފައިވަނީ މިރޭ 08:30 ގައި ތާޖުއްދީން ސްކޫލް ހޯލުގައެވެ.

އެމްޑީޕީގެ ގައުމީގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް އެޖެންޑާ ކޮށްފައި މިވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތައްޔާރީތައް ވަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ.

ޕްރައިމަރީގައި ވާދަކުރުމުގެ މުއްދަތު ހަމަވެފައިވާއިރު ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއެވެ.