ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ސީޕްލޭން ޓާމިނަލް، ގެ ނޫވިލަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރެވި އެވޯޑެއް ލިބިއްޖެ އެވެ.
ނޫވިލު ސީޕްލޭން ޓާމިނަލަށް ލިބިފައި ވަނީ އީއެންއާރު ގްލޯބަލް ބެސްޓް އެވޯޑްސް 2022 ގެ "މެރިޓް އޮފް އެއާޕޯޓް އޮ ޕޯޓް" ގިންތީގެ އެވޯޑެވެ. މިއީ ކޮންސްޓްރަކްޝަން ދައިރާގައި ކުރެވޭ މަސައްކަތައް އެމެރިކާގެ އީއެންއާރް މެގަޒިން އިން ދޭ ހާއްސަ އެވޯޑެކެވެ. މި އަހަރުގެ އެވޯޑު މި ގިންތިން ނޫވިލު ޓާމިނަލަށް ލިބިފައި ވަނީ މި މަހު 12 ގައި އޮންލައިންކޮށް ބޭއްވި ހަފުލާއެއްގެ ތެރެއިންނެވެ.
We are honored to announce that the Noovilu Seaplane Terminal has won the ENR's 2022 Global Best Projects Award for Merit Airport/Port.
Congratulations to the MACL project team and the contractor!#ENRGlobalBestProjectsAward2022 pic.twitter.com/ZCwUNBR034
— Maldives Airports Company Ltd – MACL (@MACLmedia) December 22, 2022
މި އެވޯޑު ނޫވިލު ޓާމިނަލަށް ދެމުން އީއެންއާރުން ވަނީ، ކޯވިޑުގެ ދަތި ހާލުގައިވެސް މަސައްކަތް ކަނޑައެޅުނު ވަގުތަށް ނިންމުމާއި މަސައްކަތުގެ ފެންވަރަށް ބަލައި އަދި މީގެ އިތުރުން ރާއްޖޭގެ ޤުދުރަތީ ވެށި ރައްކާތެރި ކުރުމަށް މިފަދަ މަޝްރޫޢެއްގައި ބަލަން ޖެހޭ އެންމެހައި ކަންކަމަށް ބަލައި ކުރިއަށް ގެންދިޔަ މަޝްރޫއަަކަށް ނޫވިލުގެ މަސައްކަތްވުން ފާހަގަކޮށްފަ އެވެ.
މި ފަހަރު އެވޯޑު ހަފުލާގައި 18 ޤައުމެއްގައި ހިނގަމުންދާ 34 މަޝްރޫޢެއް ފާހަގަކޮށްފައިވެ އެވެ. މިއީ ކޮންމެ އަހަރަކު ވެސް މި ސިނާޢަތުގެ އެންމެ ރަނގަޅު މަސައްކަތްތަކަށް ދެވޭ ބައިނަލްއަޤްވާމީ އެވޯޑެކެވެ.
Vice President @faisalnasym officially inaugurates the "Noovilu" Seaplane Terminal developed in @velanaairport. It features dedicated arrival lobbies, common and exclusive lounges, and will be the new home for the world’s largest seaplane fleet. pic.twitter.com/iTEULO8jpN
— The President's Office (@presidencymv) October 6, 2022
ނޫވިލު ޓާމިނަލަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ކަމަށްވާ ޓީއެމްއޭއަށް އަދި މޯލްޑިވިއަންގެ އަދި މަންޓާގެ އިތުރުން ރިސޯޓުތަކުގެ އަމިއްލަ ސީޕްލޭންތަކަށްވެސް ޙިދުމަތްދޭ ތަނެކެވެ. މި ތަނުގައި ހަތަރު ފަންގިފިލާ ހުންނަ އިރު 28،000 އަކަ މީޓަރުގެ ބޮޑު މިނުމުގައި ހުރެއެވެ. އަދި އެއްފަހަރާ 55 ސީޕްލޭނަށް ޙިދުމަތް މިތަނުން ދެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެ އެވެ.
ނޫވިލު ސީޕްލޭން ޓާމިނަލް ހުޅުވީ މިދިޔަ އޮކްޓޯބަރު މަހުގެ 6 ގަ އެވެ.