އަންނަ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާދަކުރައްވާތީ އެ މަނިކުފާނަށް ތާއީދުކުރަން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސަށް ފުރިހަމަ ތާއީދުކުރައްވާ ކަަމަށާއި ރާއްޖެ އަށް ބޭނުން ވަނީ ރައީސް ސޯލިހް ފަދަ ވެރިއެއް ކަމަށް ވިދާޅުވި އެވެ.
I wholeheartedly support President @ibusolih ‘s bid for the upcoming MDP primary.
I am fully convinced that his consolidating style of leadership is what Maldives needs right now, for our stability, and sustainable development.#ibusolih2023 pic.twitter.com/r8c9iO8n2h
— Mabrook (@mabrouq) December 26, 2022
މަބްރޫކް ރައީސްގެ އޮފީހުގެ ތަރުޖަމާނުގެ މަގާމުން އިސްތިއުފާ ދެއްވީ މި އަހަރުގެ އޮގަސްޓް މަހުގެ 23 ގަ އެވެ. އޭނަ އެ މަގާމަށް އައްޔަންކުރީ 2019 ގެ ޖުލައި މަހުގެ ކުރީކޮޅު އެވެ. މަބުރޫކަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށް ދެއްވުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ. ޕްރައިމަރީގައި ރައީސާ އެކީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާދަކުރައްވަ އެވެ.