އަންނަ މަހު ބައިސްކޯފުން ޕްރީމިއާކުރަން ހަމަޖެހިފައިވާ ވެބް ސީރީޒް "މިރާއީ" ގެ ޕްރޮމޯޝަނަލް ލަވަ އާންމުކޮށްފި އެވެ.
"އުމުރަށް" ކިޔާ މި ލަވައިން ފެނިގެން ދަނީ ސީރީޒްގެ ލީޑްގައި ހިމެނޭ ވާޝިޔާ މުހައްމަދު (ޝިޔާ) އާއި ޝަރަފު އަބްދުﷲ އެވެ. މި ލަވައިގެ މިއުޒިކް ހެދީ ޝަހީދު ލެގަސީ އެވެ. މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) ގެ ޅެމަށް، ލަވަ ކިޔާފައި ވަނީ މީގެ މެލޮޑީ ވެސް ހެދި ފާލިހް އާދަމާއި އައިޝަތު ޝަމާހަތެވެ.
"މިރާއީ" އަކީ ސީރީޒް "ދަރަކަ" ގެނެސްދިން އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މީގެ ކާސްޓްގައި މުހައްމަދު އިޝްފާނާއި އާއި އަލަށް ތައާރަފުވާ އައިޝަތު ޝާޔާ (ޗޮއްކު) ގެ އިތުރުން ފިލްމީ ދާއިރާގެ ތަޖުރިބާކާރު ތަރިންތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ރަވީ ފާރޫގް، އަހުމަދު ސައީދު އޭނަގެ އަންހެނުން ފާތިމަތު އާޒިފާ (އަޒޫ) ހިމެނެ އެވެ.
"މިރާއީ" ބައިސްކޯފުން ޕްރީމިއާކުރަނީ އަންނަ މަހުގެ 7 ގަ އެވެ.