Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ޕުޝްޕާ އަލުން ނޭޕާލްގެ ބޮޑުވަޒީރަކަށް

ކުރިން ވެސް ދެ ދައުރަކަށް ނޭޕާލްގެ ބޮޑުވަޒީރުކަން ކުރެއްވި ޕުޝްޕާ ކަމަލް ދަހާލް ތިން ވަނަ ފަހަރަށް އިއްޔެ އެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެންފި އެވެ.

މިހާރު އުމުރުން 68 އަހަރުގެ ޕުޝްޕާ ބޮޑުވަޒީރު ކަމަށް އަލުން ވަޑައިގެންނެވީ މިދިޔަ މަހު ބޭއްވި ގާނޫނު ހަދާ މަޖިލީހުގައި ކޯލިޝަން ބައިވެރިންނާ އެކީ އިންތިހާބުގައި ކާމިޔާބުކޮށްގެންނެވެ. އެ ކޯލިޝަންގެ މައި ޕާޓީ، ކޮމިއުނިސްޓް ޔުނިފައިޑް މާޒިސްޓް-ލެނިސްޓް (ޔޫއެމްއެލް) އެވެ.

މާއިސްޓް ގެރިއްލާ ލީޑަރެއްގެ ގޮތުގައި އާންމުންގެ ތެރޭގައި މަޝްހޫރު ޕުޝްޕާ އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވީ އޮގަސްޓް 15، 2008 އިން މެއި 25، 2009 އަށެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް އޭނާ ބޮޑުވަޒީރުކަން ކުރެއްވީ އޮގަސްޓް 4، 2016 އިން ޖޫން 7، 2017 އަށެވެ.

ނޭޕާލުގައި ކުރިން އޮތް ރަސްކަން 239 އަހަރު ފަހުން 2008 ގައި ނިމުމަކަށް އައި ފަހުން ސާކްގައި ވެސް ހިމެނޭ ގައުމުން މިހާތަނަށް 10 ސަރުކާރެއް ފެނިގެން ގޮސްފައިވެ އެވެ.