Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ރޮބޮޓް ވެއިޓަރަކާ އެކީ މާލޭގައި ރެސްޓޯރަންޓެއް

ވެއިޓަރެއްގެ ގޮތުގައި ރޮބޮޓެއް ބޭނުންކުރާ ރެސްޓޯރަންޓެއް މާލޭގައި ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

އާ އަހަރާ ވެސް ދިމާކޮށް "އޯޝަން ބަބްލްސް" ގެ ނަމުގައި ހުޅުވާ މި ރެސްޓޯރެންޓް ހުންނާނީ ކުރިން މަޖީދީ މަގުގައި ހިންގި އުރީދޫ ހެޑް ކުއާޓާސްގަ އެވެ. މިއީ "އޯޝަން ބަބްލްސް" ގެ ދެވަނަ ރެސްޓޯރަންޓެވެ. އެ ރެސްޓޯރަންޓްގައި ބޭނުން ކުރަން ހަމަޖެހިފައި ވަނީ މިހާރު ދުނިޔޭގެ ބައެއް ގައުމުތަކުގެ ރެސްޓޯރަންޓްތަކުގައި ވެސް ކަސްޓަމަރުންނަށް ހިދުމަތް ދޭން ބޭނުންކުރާ ޒާތުގެ ޒަމާނީ ރޮބޮޓެކެވެ.

"އޯޝަން ބަބްލްސް" އިން ބުނި ގޮތުގައު ރާއްޖޭގެ ރެސްޓޯރަންޓަކަށް އަލަށް ތައާރަފުކުރާ ރޮބޮޓާ އެކީ ހިދުމަތް ދިނުމާއި ލިބިގަތުމުގައި ތަފާތު ތަޖުރިބާތަކެއް ކުރެވިގެން ދާނެ އެވެ. އެތަނުން ބުނި ގޮތުގައި އިސްކޮޅުގައި ހަތަރު ފޫޓު ބައި ހުންނަ މި ރޮބަޓަށް ކިޔާނެ ރީތި ދިވެހި ނަމަކާ މެދު ވެސް މިހާރު އަންނަނީ ސްނަމުންނެވެ.

"އޯޝަން ބަބްލްސް" ފުރަތަމަ ރެސްޓޯރެންޓް މިދިޔަ އަހަރު ހުޅުވީ ހުޅުމާލޭގަ އެވެ.

މާލޭގައި ހުޅުވާ 25 މީހުންގެ ޖާގައިގެ ރެސްޓޯރަންޓްގެ ތައްޔާރީތައް މިހާރު ވަމުން ދިޔަ ނަމަވެސް އެތަން ހުޅުވާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.