Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތަށް ބޮޑުހިލަ ގެންގޮސްފި

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ގެންގޮސްފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ، ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނެފައިވަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 10.6 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1521 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 555 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 166 މީޓަރުގެ ޝީޓް ޕައިލް މަސައްކަތާއި، 4492 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބޮލާރޑްއާއި ފެންޑަރާއި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.