Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ، ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން ރަންވޭ، ޓެކްސީވޭ، އޭޕްރަން މަސައްކަތްތަކުގެ 93 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިންގ އެއް އިމާރާތް ކުރުމާއި، ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.