Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މެޖިސްޓްރޭޓް ރަފީއުއްދީންގެ އިތުރު ސުލޫކީ މައްސަލައެއް

މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު--

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ އިތުރު ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ބުނެފައިވަނީ މެޖިސްޓްރޭޓް ރަފީއުއްދީނާ ގުޅޭގޮތުން ހުށަހަޅާފައިވަނީ، އަވަސް ނިޔާގެ ހުކުމް ކުރަންޖެހޭ މައްސަލައެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ) އާ ހިލާފަށް، މައްސަލައިގެ ހުކުމް ކޮށްފައި ނުވާކަމަށް ބުނެ ކަމަށެވެ.

ޖޭއެސްސީން ބުނެފައިވަނީ މެޖިސްޓްރޭޓް ރަފީއުއްދީނާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަ ތަހުޤީޤުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން މައްސަލަ ތަހުޤީޤުކުރުމަށް ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ.