އިންޑަސްޓްރިއަލް މައި ހަބެއްގެ ގޮތުގައި ތިލަފުށި ތަރައްގީ ކުރަން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއަށް ބޭނުންވާ ބިން ހިއްކަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ހައުސިން ޑޮވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) ގެ ދަށުގައި އޮތް ތިލަފުށިން ބިން ހިއްކަން މި މަހުގެ 15 ގައި ހަވާލުކޮށްފައި ވަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ އެވެ.
Here’s a few highlights from #MaldivesLivingExpo2022 held at Dharubaaruge.
It was a pleasure getting to launch our #Thilafushi Master plan and meeting with potential clients and customers during the three day expo. pic.twitter.com/iQaQvuLmby— HDC (@hdcmaldives) December 18, 2022
ތިލަފުށި ތަރައްގީ ކުރުމަށްޓަކައި އެޗްޑީސީ ވަނީ ތިލަފުށި އެތަނުގެ މާސްޓަ ޕްލޭނެއް ވެސް އެކުލަވާލައިފަ އެވެ. އެ ކުންފުނީގެ ދަށަށް ތިލަފުށި ބަދަލުކުރީ 2020 ގަ އެވެ. ތިލަފަޅުން 1،500 އެކްޓަރު ބިން ހިއްކަން ނިންމާފައިވެ އެވެ.
It was a pleasure having our President H.E Ibrahim Mohamed Solih visit our stall at Living Expo and meet with our #TeamHDC.
We wrap up the Expo with a new milestone. Thilafushi will be developed as an Industrial Hub at speed with great opportunities for our industries. pic.twitter.com/fKdeSMVx2g— HDC (@hdcmaldives) December 18, 2022
އެޗްޑީސީން ބުނީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވެފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި އެ މަސައްކަތް ނިންމާފައިވާ ކަމަށް ބުންޏެވެ. ތިލަފަޅު ހިއްކަނީ ތިން ބަޔަކަށެވެ. ފުރަތަަމަ ބައިގައި 40 ހެކްޓަރުގެ ބިން ހިއްކުމަށް ފަހު ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ތެރޭގައި އެ މަސައްކަތް ނިންމައި އެ ބިންތައް ދޫކުރަން ޕްލޭންކޮށްފައިވެ އެވެ.
ދަރުބާރުގޭގައި ކުރިއަށްދާ މޯލްޑިވްސް ލިވިންގ އެކްސްޕޯ ގައި މި ކޯޕަރޭޝަނުގެ ބިޔަ މަޝްރޫއެއް ކަމުގައިވާ ތިލަފުށި މާސްޓަރޕްލޭން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް @HIGHRISEint #MaldivesLivingExpo2022 #Thilafushi @MoEDmv #IndustrialHub pic.twitter.com/qayxpw7Kod
— HDC (@hdcmaldives) December 15, 2022
މާސްޓާރ ޕްލޭންގެ ދަށުން ހިއްކާ ސަރަޙައްދުން ދޫކުރާ ބިންތަކަށް ޝައުގުވެރިވާ ވިޔަފާރިތަކަށް މިހާރު ވެސް އޮތީ ފުރުސަތު ހުޅުވާލައިފަ އެވެ.
ތިލަފުށި މާސްޓަރޕްލޭން ލޯންޗުކުރެވިގެން ދިއުމާއިއެކު މާސްޓަރޕްލޭނާއި ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ސްޓޯލަށް ޒިޔާރާތްކޮށްލުމުން ލިބިގެންދާނެ @HIGHRISEint #MaldivesLivingExpo2022 #Thilafushi #UrbanHubs #IndustrialHub pic.twitter.com/7nwmS4SSbe
— HDC (@hdcmaldives) December 15, 2022
އަލަށް ހިއްކާ 150 ހެކްޓަރުގެ 60 ޕަސެންޠް ބޭނުން ކުރަން ހަމަޖެހިފައި ވަނީ ވިޔަފާރިތަކަށެވެ. ބާކީ ބޭނުން ކުރާީ މަގުތަކާއި އާއްމު އެކިއެކި ޚިދުމަތްތަކާއި ގުޅޭ ކަންކަމަށެވެ.