Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ނަޝީދަށް 1، ރައީސް ސޯލިހަށް 2

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެނޑިޑޭޓް ނަންބަރު އާންމުކޮށްފިއެވެ.

އެގޮތުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިފައިވަނީ ކެނޑިޑޭޓް ނަންބަރު 1 ކެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިފައިވަނީ ކެނޑިޑޭޓް ނަންބަރު 2 ކެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކޮމިޓީވެސް އެކުލަވާލާފައެވެ. ފަސް މެންބަރުންގެ އެ ކޮމިޓީގައި ހިމެނެނީ އިބްރާޙީމް ވަޙީދު (ޗެއަރޕާސަންގެ ނައިބު އިދާރީ)، އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު (ސްޕޯކްސްޕާސަން)، އަކްރަމް ކަމާލުއްދީން (މަތިއުތުރު ޕްރޮވިންސްގެ ރައީސް)، މުޙައްމަދު އީމާން (ކެނދިކުޅުދޫ ދާއިރާގެ ރައީސް) އަދި އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ އަފީފު ( ޤާނޫނީ ކޮމެޓީގެ ކުރީގެ މުޤައްރިރު)އެވެ.

ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވެ ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުންވަނީ ގައުމީ މަޖިލިސް ދޫކޮށް ގޮސްފައެވެ.

އެމްޑީޕީން ބުނެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށެވެ.