Last Updated: June 29, 13:09
Monday, June 29, 2026
ކުޅިވަރު

އެއްގަޑި އިރު ކުރިން ދަނޑު ގޭޓުން ޓިކެޓް ދޫކުރާނެ

ރޭގެ މެޗް ބެލުމަށް ދަނޑަށް ދިޔަ ބައެއް މީހުން. ކުރިއަށް ހުރި މެޗްތަކުގެ ޓިކެޓް މެޗް ފެސުމުގެ އެއް ގަޑިއިރު ކުރިން ދޫކުރާނެ. ފޮޓޯ: ކިއުންތެރިއެއް

އޭއެފްސީ ޗެލެންޖް ކަޕް ގްރޫޕް ބީގެ ކުރިއަށް ހުރި މެޗްތަކުގެ ޓިކެޓް މެޗް ފެށުމުގެ އެއްގަޑިއިރު ކުރިން ދަނޑު ގޭޓުން ދޫކުރާނެ ކަމަށް އެފްއޭއެމްގެ ފަަރާތުން އައްޑޫގައި އިސްކޮށް ހަރަކާތްތެރިވާ އަހްމަދު މަރުޒޫގު (މަރާ) ބުނެފި އެވެ.

ޓިކެޓްތައް ނުލިބިގެން އެތައް ބައެއް ޝަކުވާ ކުރަމުން ދަނިކޮށް މަރާ ބުނީ މެޗް ފެށުމުގެ އެއްގަޑި އިރު ކުރިން ޓިކެޓް ދޫކުރާއިރު މީހަކަށް ދޫކުރާނީ އެއް ޓިކެޓް ކަމަށާއި، ފުރަތަމަ އަންނަ މީހުންނަށް އިސްކަން ދީގެން ޓިކެޓް ދޫކުރާނެކަމަށެވެ.

އެސްޓިއޯއިން 8000 ޓިކެޓް ގަނެ އައްޑޫ ރައްޔިތުންނަށް ބަހަން ނިންމާފައިވާ އިރު ނިމިގެން ދިޔަ ދެ މެޗްގެ ޓިކެޓް ހޯދުމުގައި ގިނަ ބަޔަކަށް ވަނީ އުނދަގޫ ތަކާއި ކުރިމަތިވެފައެވެ. އަދި އެކަމުގެ ފާޑު ކިއުންތައް އެފެއޭއެމްއަށް ވަނީ އަމާޒުވެފައެވެ.

ޗެނެލްޖް ކަޕްގެ ގްރޫޕް ބީގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ލާއޯސް އާއި ޕިލިޕީންސްއެވެ. އަދި ދެވަނަ މެޗްގައި މާދަމާ ރޭ ކުޅޭނީ އަފްޢާނިސްތާނާއި ތުރުކަމަނިސްތާނެވެ.