Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

ކުރެއްދު އަށް 34 އަހަރު ފުރުން ފާހަގަކޮށްފި

ރާއްޖޭގެ އެންމެ މަޝްހޫރު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުރެއްދޫ އައިލޭންޑް ރިސޯޓަށް 34 އަހަރު ފުރުން އިއްޔެ ރޭ ފާހަގަކޮށްފި އެވެ.

އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ވެސް ބޭއްވި އެވެ. އެގޮތުން މިހާތަނަށް ރާއްޖެ އަށް 50 ފަހަރަށް ޒިޔާރަތްކޮށްފައިވާ ދެ ޓޫރިސްޓަކާ އެކީ ރިސޯޓްގެ މެނޭޖްމަންޓް ހާއްސަ ކޭކެއް ވެސް ފަޅާފައިވެ އެވެ. އަދި އަހަރީ ދުވަހާ ގުޅުވައިގެން ކުރެއްދޫގެ ޓީމަކާއި އެމްއެންޑީއެފްގެ ޓީމެއް ފުޓްބޯޅަ މެޗެއް ވެސް ކުޅެފައިވެ އެވެ.

ޅ. އަތޮޅުގައި ހިންގަމުން އަންނަ ކުރެއްދޫ ރިސޯޓަކީ 1،800 މީޓަރުގެ ބޮޑު ރަށެކެވެ. އަދި މި ރިސޯޓަކީ ހުރިހާ އުމުރެއްގެ ބަޔަކަށް ވެސް ހިދުމަތް ދެވޭ ގޮތަށް، ގިނަ ހިދުމަތްތަކާއި ހިތްގައިމު ކޮޓަރިތަކާ އެކީ ތަރައްގީކޮށްފައިވާ ރަށެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ސީޕްލޭންގައި ފުރައިގެން ކުރެއްދު އަށް 40 މިނިޓުން ދެވެ އެވެ.