Last Updated: June 29, 13:09
Monday, June 29, 2026
ސިޔާސީ

ރައީސް ނަޝީދު އައްޑޫގައި

ރައީސް ނަޝީދު އައްޑޫއަށް ވަޑައިގެން ގަމުގެ ވައިގެ ބަނދަރުގައި. ފޮޓޯ: އަލީ ފާއިގް

އައްޑޫ ގެސްޓްހައުސް ވެންޗާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރުފަހު 2 ޖަހާއިރު ކްއެންޗް ރެސްޓޯރެންޓްގައި ބާއްވާ މައުލޫމާތު ދިނުމޔގެ ބައްދަލުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު އައްޑޫއަށް ވަޑައިގެންފިއެވެ.

އައްޑޫގެ ރަށްވެހިކަމާއި ގުޅުވައިގެން، ގެސްޓް ހައުސް ވިޔަފާރި އާއި އަދި ފަތުރުވެރިކަމާއި ގުޅޭ އެހެނިހެން ވިޔަފާރި ހިދްމަތްތައް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ އައްޑޫ ގެސްޓް ހައުސް ވެންޗަރގެ ވިޔަފާރިތަކުގައި ބައިވުމަށް އެދޭ ފަރާތްތަކުން ޝައުގުވެރިކަން ހާމަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 12 މެއި 2014ވަނަ ދުވަހުގައެވެ.

ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި މިފުރުސަތުގައި ޖުމުލަ 9 ދާއިރާއެއް ވަނީ ހިމަނާފައިވެއެވެ.

އޭގެތެރޭގައި ހިމެނެނީ ގެސްޓްހައުސްގެ ވިޔަފާރިއާއި، ޑައިވިން ސެންޓަރާއި، މޫދު ކުޅިވަރާއި، ރެސްޓޯރެންޓާއި ކޭޓަރިންގެ ޚިދުމަތުގެ އިތުރުން ސެއިލިން އާއި ޗާޓަރ ފްލައިޓް އޮޕަރޭޓް ކުރުމާއި، ކޮންވެންޝަން ޓުއަރިޒަމް އަދި އައްޑޫ ގެސްޓްހައުސް ވެންޗާގައި ހިމެނޭ އެންމެހާ އުމްރާނީ މަސައްކަތް ހިންގުމުގެ ދާއިރާއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ މިފަދަ މައުލޫމާތު ސެޝަނެއް މިމަހުގެ 18 ވަނަ ދުވަހު މާލޭގައި ބާއްވާފައެވެ. މާލެ ސިޓީ ކައުންސިލް ހޯލްގައި ބޭއްވި ބައްދަލުވުމުގައިވެސް ރައީސް ނަޝީދު ވަނީ ބައިވެރިވެވަޑައިގެން ގެސްޓް ހައުސް ވެންޗާ އާއޮ ގުޅޭ މަުލޫމާތު ހިއްސާކޮށްފައެވެ.