Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

7 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރި 7 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހު ބްރެޒިލުން ރާއްޖެ އައި 59 އަހަރުގެ ސްވިޓްޒަލޭންޑްގެ ފިރިހެނެއްގެ އަތުން ކަމަށެވެ. އޭނަގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2.189 ކިލޯ ހުއްޓެވެ. އަދި ކޮކެއިން އެވެ.

ކަސްޓަމްސް އިން ބުނީ އެ އެއްޗެހީގެ މަގުމަތީގެ އަގު 7،700،000ރ. އަށް އަރާ ކަމަށާއި ފުލުހުންނާ މިހާރު އެ ހަވާލުކޮށްފައިވާ ކަމަށެވެ.