Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އައްޑޫގައި ފުލުހުންގެ ހާއްސަ އެކްސަސައިޒްތަކެއް

އައްޑޫގައި ފުލުހުންގެ ހާއްސަ ޓްރެއިނިން އެކްސަސައިޒްތަކަކާއި އޮޕަރޭޝަންތަކެއް ފަށައިފި އެވެ.

މިއީ އައްޑޫ ސިޓީ ޕޮލިހާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އައްޑޫ ޕޮލިސް ކޮލެޖް) ގުޅިގެން ގެންދާ ހަރަކާތްތަކެކެވެ.

އެގޮތުން މީގެ ތެރެއިން އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ތަފާތު ޓްރެއިނިން އެކްސަސައިޒްތަކާއި އޮޕަރޭޝަންތަކެއް ހިންގާނެ އެވެ. މީގެ އިތުރުން ނޭބަހުޑް ޕޮލިސިންއާ ބެހޭ ޚާއްސަ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދަން ރާވާފައިވެ އެވެ.

ފުލުހުންގެ ހާއްސަ ހަރަކާތްތަކެއް އައްޑޫގައި ފެށި އިރު، މި މަހުގެ ކުރީކޮޅުން ފެށިގެން އަންނަ އަހަރުގެ އެޕްރީލް މަހާ ހަމައަށް ސިފައިންގެ ތަމްރީނެއް ވެސްް އަންނަނީ އައްޑޫގައި އަންނަނީ ހިންގަމުންނެވެ. އެގޮތުން މި ތަމްރީނުތަކުގައި ހަތިޔާރާ އެކީ މަގުތަކުގައި ސިފައިން ހަރަކާތްތެރިވަމުން ދާނެ އެވެ.