Last Updated: June 24, 22:51
Wednesday, June 24, 2026
ޚަބަރު

ފަރަށް އެރި ދޯންޏަކަށް ސިފައިން އެހީވެއްޖެ

ތިން މީހުންނާ އެކީ ރޭ ދަތުރު ކުރަމުން ދަނިކޮށް ފަރަށް އެރި ދޯންޏަކަށް ސިފައިން އެހީތެރިކަން ފޯރުކޮށް ދީފީ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ހދ. ވައިކަރަމުރައިދޫ ފަރަށް ދޯނ އެރިކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) އަށް ލިބުނީ ރޭ 11:32 އެހާޖަށްހާ އިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާ އެކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ލޯންޗް، ދޯނި އޮތް ސަރަހަށްދަށް ގޮސް އެހީތެރިވުމުގެ މަސައްކަތް ފެށި އެވެ. އެގޮތުން ދޯންޏަށް ދިޔަވުން ކޮންޓްރޯލްކުރުމަށް ކުޅުދުއްފުށީ ފަޔަ ސްޓޭޝަންގެ ސިފައިންނާ އެކީ ޕަންޕު ބޭނުންކޮށްގެން ދިޔަވުން ކޮންޓްރޯލް ކުރުމުގެ މަސައްކަތްކޮށްފައިވެ އެވެ.

ދޯނީގެ ވެރިފަރާތުން ގެންދިޔަ ދޯންޏެއްގައި ކަފުޖަހައިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަމާ އެކު ދޯނި ފަތިހު ވަނީ ކުޅުދުއްފުށި ބަނދަރަށް ވައްދައިފަ އެވެ. އަދިި ދޯނީގައި ބޮޑުުވެފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތުގައި ކުޅުދުއްފުށީ ފަޔަ ސްޓޭޝަންގެ ސިފައިން އަދިވެސް އަންނަނީ ކުރަމުންނެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.