ރިލީޒްކުރަން މަހަކަށް ވުރެ ކުރު މުއްދަތެއް މިހާރު އޮތް ނަމަވެސް ޝާހްރުކް ޚާންގެ ފިލްމު "ޕަތާން" ގެ ޓްރެއިލާގެ ހިލަމެއް އަދިވެސް ނެތެވެ.
އަންނަ މަހުގެ 25 އަށް ތާވަލުކޮށްފައިވާ މި ފިލްމުގެ ޓީޒާއެއް މިދިޔަ މަހުގެ 2 ގައި ފާހަގަކުރި ޝާހްރުކްގެ 57 ވަނަ އުފަން ދުވަހު އާންމުކުރި އެވެ. އޭގެ ފަހުން ގިނަ ބަޔަކު "ޕަތާން" ގެ ރަސްމީ ޓްރެއިލާ އަށް އިންތިޒާކުރަމުން ދިޔަ ނަމަވެސް މި ފިލްމު އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އާއި އަދި ޝާހްރުކް ވެސް ޓްރެއިލާ ނެރޭނެ އިރެއް ނުބުނެ އެވެ.
މި މަހުގެ 25 ގައި ޓްވިޓާގައި ފޭނުންނާ އެކީ ޝާހުރުކް ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނުގައި ޓްރެއިލާ ނެރެނީ ކޮން އިރަކުންތޯ ވަރަށް ގިނަ މީހުން ސުވާލުކުރި އެވެ އެފަދަ އެއް ސުވާލުގެ ޖަވާބުގައި ޝާހުރުކް ހިނިގަނޑެއް ޖަހާލައި ސަމާސާއަކަށް ޝހްރުކް ބުނީ ޓްރެއިލާ ނެރޭނީ އޭނަ ބޭނުންވި އިރަކުން ކަމަށެވެ.
Ha ha Meri marzi!!! It will come when it comes
— Shah Rukh Khan (@iamsrk) December 25, 2022
"ޕަތާން" ގެ ޓްރެއިލާ އާންމު ނުކުރި ނަމަވެސް ފިލްމުގެ ދެ ލަވައެއް ވަނީ ދައްކާލައިފަ އެވެ. އެއީ "ބޭޝަރަމް ރަންގް" އާއި "ޖޫމޭ ޖޯ ޕަތާން" އެވެ. މި ދެ ލަވައިގެ ތެރެއިން "ބޭޝަރަމް ރަންގް" އަކީ މައްސަލަ ވެސް ހޫނުވު ލަވައެކެވެ. އެއީ އޭގެ ނިވާކަން ކުޑަ ކޮސްޓިއުމާއިގެ ގައިގޯޅި ބައެއް މަންޒަރުތަކާ ހެދި އެވެ.
ދީޕިކާ ޕަދްކޯން ބަތަލާގެ ރޯލު ކުޅެފައިވާ "ޕަތާން" އަކީ ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. މީގެ ވީލަން އަކީ ޖޯން އަބްރަހަމެވެ.