އަންނަ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ 57،712 މެމްބަރަކަށް ވޯޓް ލެވޭނެ ކަމަށް ބުނެ ލިސްޓް އާންމުކޮށްފި އެވެ.
ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން އިއްޔެ ހުޅުވާލާފައިވާ އިރު ވޯޓިން ލިސްޓަށް ޝަކުވާ ހުށައެޅޭނީ އަންނަ މަހުގެ 1 ގެ ހަވީރު 4:00 އާ ހަމައަށެވެ.
އިއުލާން: MDP/2022/070 ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް އާއްމުކުރުންhttps://t.co/8PTCSscXd0
— MDP Secretariat (@MDPSecretariat) December 28, 2022
އެމްޑީޕީން ބުނީ ރިޔާސީ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓު އާއްމުކުރާނީ އަންނަ މަހުގެ 3 ގައި ކަމަށެވެ. އެ ޕާޓީން ބުނީ ޕްރައިމަރީގައި ވޯޓުލެވޭނީ މި މަހުގެ 18 އާ ހަމައަށް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށެވެ.
އެމްޑީޕީން އިއްޔެ ވަނީ ޕްރައިމަރީއާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލުމަށް 3 މެމްބަރުންގެ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ ކުރީގެ ރައީސް އަހުމަދު އަބްދުﷲ އަފީފާއި ލޯކަލް ގަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަޕްޝަން ލަތީފްގެ އިތުރުން މުހައްމަދު ހާޝިމެވެ.
އަންނަ މަހުގެ 28 ގައި ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް/ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.