Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

އަންނަ މަހު އަލުން ވިލިމާލެ އަށް ބަގީގެ ހިދުމަތް

އަންނަ މަހުގެ ތެރޭގައި ވިލިމާލޭގައި ބަގީގެ ހިދުމަތް އަލުން ފަށާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ވިދާޅުވީ ބަގީގެ ހިދުމަތް ނުފެށި ލަސްވެގެން ދިޔައީ އިއުލާން ޕްރޮސެސް ދިގުލައިގެން ދިޔުމުން ކަމަށާއި އެކަމަށް އެކަށީގެންވާ ފަރާތެއް ލިބުނީ ދެވަނަ ބުރަކަށް އިއުލާންކޮށްގެން ކަމަށެވެ. ނަމަވެސް މިހާރު ހިދުމަތް ދޭނެ ބަޔަކު ހޮވައި، އެ ފަރާތާ އެކީ އެގްރިމަންޓް ވެސް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ހިދުމަތް ދޭން ބޭނުން ކުރާނެ ބަގީތައް އަންނަ މަހުގެ 10 ގައި ލިބޭނެ އެވެ. މީގެ ތެރޭގައި މުދާ އުފުލާ ބަގީ އާއި ބަލި މީހުން އުފުލަން ހާއްސަ ބަގީ ވެސް ހިމެނެ އެވެ. އެގޮތުން ހެޔޮ އަގަކަށް ވަރަށް ފަސޭހަ ނިޒާމެއްގެ ދަށުން އަންނަ މަސް ނިމެންވާ އިރަށް ބަގީތަކުގެ ހިދުމަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ.

ބަގީގެ ހިދުމަތުގެ އިތުރުން އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންތަކެއް ހެދުމުގެ މަސައްކަތްތަކެއް ވެސް ވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެގޮތުން ވިލިމާލޭގައި އެކެއް އަދި މާލޭގައި ދެ ޗާޖިން ސްޓޭޝަން ހަދަ އެވެ.

މި ސްޓޭޝަންތައް ގާއިމް ކުރުމަށްޓަކައި މިދިޔަ ހަފުތާގައި އެގްރިމެންޓް ހަދާފައިވާ އިރު ކުރިއަށް ރޯދަ މަހާ ހަމައަށް އެތަނުން ކޮންމެވެސް އެއް ސްޓޭޝަނެއް ނިންމާލެވޭނެ ކަމަށް މުއިއްޒު ވިދާޅު އެވެ.

މި އަހަރުގެ އޮގަސްޓުން ފެށިގެން ވިލިމާލޭގައި ބަގީގެ ހިދުމަތް ނުލިބޭތީ އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް ކައުންސިލުން ވަނީ ކުރިން ހިދުމަތް ދޭން ހަވާލުކޮށްފައި އޮތް "99 ހޯލްޑިންސް އާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އޭގެ ފަހުން ބަގީގެ ހިދުމަތް ފޯރުކޮށްދޭން އިތުރު ބަޔަކު ހޯދަން އިއުލާންކުރި އެވެ. ކޮށްފަ އެވެ.