Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ނަޝީދު އިހަވަންދޫގައި ދޮރުންދޮރަށް

ރައީސް ނަޝީދު އިހަވަންދޫގައި-

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޓީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާފައިވާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ. އިހަވަންދޫގައި "ދޮރުން ދޮރަށް" ހަރަކާތް ކުރިއަށް ގެންދަވައިފިއެވެ.

ރައީސް ނަޝީދު ކެމްޕޭނަށް ތިލަދުންމައްޗަށް ވަޑައިގެންފައިވާއިރު، ފުރަތަމަ ވަޑައިގެންފައިވަނީ ހއ. ހޯރަފުއްޓަށެވެ. އެރަށުން ރައީސް ނަޝީދަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

އޭގެފަހުން ރައީސް ނަޝީދު ވަނީ ހއ. އިހަވަންދޫއަށް ވަޑައިގެންފައެވެ. އެ ރަަށަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވާފައިވެއެވެ. އަދި އެ ރަށުގައި ދޮރުން ދޮރަށް ހިންގަވާ މެމްބަރުންނާ ބައްދަލުކޮށް ހައްދަވާފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ.