Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ވެލިދު އާއި ޅޮހީ ބަނދަރު އެމްޓީސީސީ އަށް

ނ. ވެލިދޫ އަދި ނ. ޅޮހީ ބަނދަރު މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ނ. ވެލިދ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ، 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 50 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުން، އައު ބަނދަރު ފުން ކުރުން، ނެރު ފުން ކުރުން، 12 މީޓަރ ބްރޭކްވޯޓަރ ޖެހުން، 167 މީޓަރ އެއްގަމު ތޮށި ޖެހުން، 155 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން، 10 މޫރިންގ ބޮއި ހަރުކުރުން ހިމެނެއެވެ. އަދި 121 އަކަ މީޓަރ ރޭންޕެއް ހެދުންމާއި، 120 މީޓަރު ކޮންކްރީޓް ޖެޓީ، 02 ނެވިގޭޝަން ލައިޓް ހަރުކުރުން، 22 މަގު ބައްތި ހަރުކުރުން އަދި 2433 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ނ. ޅޮހީ ބަނދަރު މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 68.7 މިލިއަން ރުފިޔާއަށް 640 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުން، ނެރު ފުން ކުރުން، 281 މީޓަރ ބްރޭކްވޯޓަރ ޖެހުން، 40 މީޓަރ ސަބްމާޖް ބްރޭކްވޯޓަރ، 95 މީޓަރ ރިވެޓްމެންޓް ޖެހުން، 50 މީޓަރ ގްރޮއިން ޖެހުން، 366 މީޓަރ އެއްގަމު ތޮށި ޖެހުން، 366 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން، 10 މޫރިންގ ބޮއި ހަރުކުރުން، 121 އަކަ މީޓަރ ރޭންޕެއް ހެދުން، ކޮންކްރީޓް ޖެޓީ، ނެވިގޭޝަން ލައިޓް ހަރުކުރުން، 19 މަގު ބައްތި ހަރުކުރުން އަދި 1720 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.