Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ޖަލު ހުކުމުން ސަލާމަތްވީ އިންނަން އެއްބަސްވުމުން!

މީގެ ދެ އަހަރު ކުރިން ޕާކިސްތާނުގައި މީހަކު ރޭޕްކުރި މައްސަލާގައި ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ކުމެއް ތަންފީޒު ކުރަމުން އަައި މީހަކު އަންހެން މީހާއާ އިންނަން އެއްބަސްވުމުން މިނިވަންކޮށްފި އެވެ.

މީޑިއާތަކުން ބުނީ 2020 ގައި ހާދިސާގައި 36 އަހަރުގެ ބީރު އަންހެން މީހާ ބަލިވެ އިނދެ ދަރިއަކު ވެސް ލިބިފައިވާ ކަމަށެވެ. އޭނާ ރޭޕްކުރިކަން ސާބިތުވެ މި އަހަރުގެ މެއި މަހު އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި، 100،000 ރުޕީސް (440 ޑޮލަރު) އިން ޖޫރިމަނާކުރީ ދައިލަތު ޚާން ކިޔާ 23 އަހަރުގެ މީހަކަށެވެ.

އޭނަ ޖަލު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ދެ ފަރާތުގެ ވަކީލުން މެދުވެރިކޮށް، ހިންގި މުއާމަލާތްތަކަށް ފަހު ފިރިހެން މީހާ ވަނީ، އޭނަ ރޭޕްކުރި އަންހެން މީހާ އަދި ދަރިފުޅުގެ މަންމައާ ކައިވެނިކުރަން އެއްބަސްވެފައި ކަމަށް އޭނަގެ ވަކީލު އަމްޖަދު އަލީ ޚާން ވިދާޅުވި އެވެ.

އެހެންވެ ޕިޝާވަރު ހައި ކޯޓުން ފިރިހެން ދައުލަތު މިނިވަންކުރީ އޭނަ ރޭޕްކުރި މީހާ އެކީ ކުރިން އިނދެ ވަރިކޮށްފައިވާ އަންހެން މީހާ އަށް ވެސް ވުމުން އެކަމަށް ރިއާޔަތްކޮށެވެ.

ނަމަވެސް މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، ކޯޓްގެ އެ ނިންމުމަކީ ރޭޕަކީ އާދައިގެ ކަމަކަށް ހަދަން ދެވޭ ހިތްވަރެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.