މިއަދުން ފެށިގެން މުދަލާއި ޙިދުމަތުން ނެގޭ ޓެކްސް މިވަނީ ބޮޑުވެފައެވެ. ޓެކްސް ރޭޓަށް ބަދަލު ގެނެސް އައު އަހަރާއި އެކު މިއަދު ތަންފީޒުވާއިރު މި ބަދަލަށް ރައްޔިތުން އަހުލުވެރިވާން އަދި ވަގުތު ނަގާފާނެއެވެ. ނަމަވެސް ވިޔަފާރިތަކުން ރޭގެ 12:00 އިން ފެށިގެން އައު ރޭޓުގައި މުދަލާއި ޙިދުމަތް ދިނުމުގެ މަސައްކަތް ފަށައިފިއެވެ. މި ބަދަލު އަންނަ އިރު ސަމާލުވާން ޖެހޭ ކަންކަމުގެ ތެރެއިން، ގައިމުވެސް އެންމެ މުހިންމު އެއް ކަމަކީ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓަށް އަންނަ ބަދަލަކުން އަސަރު ނުކުރާނެ ބާވަތްތައް ތިބި ކަމަވެ.
ޖީއެސްޓީ ނުވަތަ މުދަލާއި ހިދުމަތުން ނެގޭ ޓެކްސް އަދި ޓީޖީއެސްޓީ ނުވަތަ ޓުއަރިޒަމް ވިޔަފާރިތަކުގެ މުދަލާއި ޙިދުމަތުން ނެގޭ ޓެކްސް އަށް ސަރުކާރުން މިވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ޖީއެސްޓީ %6 އިން %8 އިންސަތައަށް ބަދަލު ވެއެވެ. އަދި ޓީޖީއެސްޓީ %12 އިން %16 އަށް ބަދަލު ވެއެވެ.
Our teams are in Dh. Meedhoo to provide information and assistance regarding GST rate change and other tax related matters.#ashehsoalha pic.twitter.com/UL68W8gFNJ
— Maldives Inland Revenue Authority (@MIRAmaldives) December 28, 2022
ޖީއެސްޓީ-ސުން ރޭޓުގެ މުދަލަކީ ކޮބާ؟
ސުން ރޭޓުގައ ކަމަށް ބުނެފައި އެވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި، އެ މުދަލަކަށް ނުވަތަ ހިދުމަތަކަށް ޖީ.އެސް.ޓީ ދައްކަންޖެހޭ ރޭޓަކީ %0 (ސުމެއް އިންސައްތަ) ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުދަލާއި ޙިދުމަތަށެވެ. މި ބާވަތްތަކުގެ އަގަށް ރޭ 12:00 އިގެ ފަހުން ކުއްލި ބަދަލެއް އައިސްގެން ނުވާނެއެވެ. މި ބާވައްތައް ވިއްކާ އަދި ގަންނަ ފަރާތްތަކުން މިކަމަށް ވަރަށް ބޮޑަށް ސާމާލުވާންޖެހެއެވެ.
ސުން ރޭޓުގައި ވިިއްކަން ޤާނޫނުގައި 22 ބާވަތެއް ބަޔާންކޮށްފައިވެއެވެ.
1. ހަނޑޫ
2. ހަކުރު
3. ފުށް
4. ލޮނު
5. ކިރު
6. ކުކިންގ އޮއިލް
7. ބިސް
8. ސައިފަތް
9. ކަނޑުމަހާއި ފަރުމަސް، ރާއްޖޭގައި ބަންދުކޮށްފައިވާ އެކި ބާވަތުގެ މަސް އަދި ރިހާކުރު
10. އަލުވި، ފިޔާ
11. ހަވާދު އުފެއްދުމަށް ބޭނުންކުރާ ބާވަތްތައް (ދިރި، ދަވިއްގަނދު، ކޮތަނބިރި، ރީނދޫ، ލޮނުމެދު، އިނގުރު، މިރުސް، ތެޅިމިރުސް، ފޮނިތޮށި، ކާފުރުތޮޅި، އަސޭމިރުސް، މިނޫންވެސް މިބާވަތުގެ ތަކެތި)
12. ދިޔާ ހަކުރާއި، ކާށި، ކުރުނބާ، ރުކުރާ، އަދި ކުރޮޅި
13. ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ކެރެޓު، ކެބެޖް، ތޮޅި އަދި ޓޮމާޓޯ
14. މޭވާގެ އެންމެހާ ބާވަތްތައް
15. ޕާން، ބަނަސް، ފާރޮށި
16. ކުޑަކުދިންގެ ނެޕީ
17. ތުއްތު ކުދިންގެ ކާނާ
18. ކައްކާ ގޭސް
19. ޑީސަލް
20. ޕެޓްރޯލް
21. ބޮޑެތި މީހުންގެ ނެޕީ
22. ސެނިޓަރީ ނެޕްކިން، ޓެމްޕޮން، މެންސްޓްރުއަލް ކަޕް އަދި އެފަދަ ތަކެތި.
މި ލިސްޓުގައި ހިމެނޭ ތަކެތީގެ ތެރެއިން ކާޑުގެ ބާވައްތަކުގެ ގޮތުގައި ބަޔާން ވެފައިވާ ހަނޑޫ، ހަކުރު އަދި ފުށުގެ ގޮތުގައި ބެލެވެނީ އެއިރެއްގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭށަން، އެސްޓީއޯއިން އެތެރެކުރާ ހަނޑޫ، ހަކުރު އަދި ފުށުގެ ބާވަތްތަކަށެވެ. އަދި މިއީ ކޮންޓްރޯލް އަގުގައި ވިއްކާ ހަނޑޫ، ހަކުރު އަދި ފުށުގެ ބާވަތްތައް ކަމަށް ޤާނޫނުގައި ބަޔާން ކުރެވިފައިވެއެވެ.

ސަމާލުކަން ދޭންވީ ގިނަ ކަންކަން އެބަހުރި
މުދަލާއި ޙިދުމަތުން ޓެކްސް ނެގޭ ރޭޓަށް ބަދަލު އަންނަ އިރު، 24 ގަޑިއިރު ވިޔަފާރި ކުރާ ވިޔަފާރިތަކުން 12:00 ގެ ފަހުން ޙިދުމަތެއް ދޭ އަގު ނުވަތަ ވިއްކާ އަގު ތަފާތު ވާނެއެވެ. އަދި އެހެން ވިޔަފާރި ތަކުން މިއަދު ވިޔަފާރި ނުވަތަ ޙިދުމަތް ދޭން ފަށާއިރު އަގުތަށް ހުންނަން ވާނީ ބަދަލު ގެނެވިފައެވެ. މި ބަދަލާއި ގުޅިގެން ރައްޔިތުން ސަމާލުކަން ދޭންވީ ކަންކަން އެބަހުއްޓެވެ. މިގޮތުން ސުން ރޭޓުގައި ހުރި މުދަލުން އަގުތަކަށް ކުއްލި ބަދަލެއް ނާންނާނެ ކަމަށް ސަމާލުވާން ޖެހެއެވެ.
Mr. William is visiting Maldives on 7th January 2023. He made the booking and received his tax invoice on 30th November 2022. Find out at what rate he will need to pay GST ⬇️ #ashehsoalha #GSTRateChange pic.twitter.com/Qf87hIbhGj
— Maldives Inland Revenue Authority (@MIRAmaldives) December 25, 2022
މީގެ އިތުރުން މިދިޔަ އަހަރު އެއްބައި ދައްކާފައި ހުރި މުދަލަކަށް ނުވަތަ ޙިދުމަތަކަށް މިއަހަރު ބާކީ ދައްކަންޏާވެސް ޖީއެސްޓީއަށް އައި ބަދަލު އިތުރުވާނެ ކަމާއި މެދު ސާމާލުވާން ޖެހެއެވެ.
This example could be helpful when determining ‘time of supply’ for advance payments involving the rate change period. #ashehsoalha #GSTratechange pic.twitter.com/2UNZnl1vua
— Maldives Inland Revenue Authority (@MIRAmaldives) December 29, 2022
މީގެ އިތުރުންވެސް ގިނަ ހާލަތްތަކެއް ހުރި އިރު މިކަމާއި ގުޅޭލިއުމެއް މީރާގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއު ކުރެވިފައެވެ. މި ލިއުމުން އިތުރު ތަފްސީލު ލިބިވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން މިއަދުން ފެށިގެން އަމަލު ކުރަމުންދަނީ ޤާނޫނުގައި ބަޔާން ކުރެވިފައިވާ ގޮތަށް ތޯ ބެލުމަށް މީރާގެ ޓީމުތަކުން ވިޔަފާރި ތަކަށް ޒިޔާރަތް ކުރާނެ ކަމަށް މީރާއިން ބުނެއެވެ. އަދި ރައްޔިތުން ހޭލުންތެރި ކުރުމަށްވެސް ގިނަ މަސައްކަތް މިދިޔަ އަހަރު ފަހު ކޮޅު މީރާއިން ކޮށްފައިވާކަން އެ އޮތޯރިޓީން ފާހަގަ ކުރެއެވެ.
Our teams are in Thaa Atoll to provide information and assistance regarding GST rate change and other tax related matters.#ashehsoalha pic.twitter.com/7z7S7gssyG
— Maldives Inland Revenue Authority (@MIRAmaldives) December 27, 2022