އިންޑިއާގެ ބޮޑުވަޒީރު ނަރެންދިރަ މޯދީގެ މަންމަ ހީރާބެން މޯދީ އުމުރުން 99 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އޭނާ މަރުވީ ބަލިވެގެން ގުޖުރާތުގެ ޔޫއެން މެހެތާ ހާޓް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ރޭ މެންދަމުގެ ވަގުތެއްގަ އެވެ. ހީރާބެން ދިރިއުޅެމުން އައީ މޯދީގެ ކޮއްކޮ ޕަންޖަކް މޯދީއާ އެކީގަ އެވެ. މޯދީ، 72، އަކީ އަބަދު ވެސް އޭނަގެ މަންމައާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދެވި އަދި މަންމަ ދެކެ ވަރަށް ލޯބި ބޭފުޅެކެވެ.
މަންމަގެ މަރާ ގުޅިގެން މޯދީ މިއަދު ކުރެއްވި ޓްވީޓެއްގައި މަންމަގެ ހަނދާންތައް އަބަދު ވެސް އެކީގައިވާނެ ކަމަށާއި މަންމަގެ ފަރާތުން ދަސްވެވަޑައިގަތް ސާދާސީދާ ދިރިއުޅުއްވުމުގެ މަތީގައި ރައްޔިތުންނަށް ހިދުމަތް ކިރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވި އެވެ.
My deepest condolences to Prime Minister Shri @narendramodi on the sad demise of his beloved mother, Smt. Heeraben Modi There is nothing as priceless & indescribable in God’s creation as the bond between mother & child. May her atma attain sadgati! Om shanti pic.twitter.com/NEFsir1SJb
— M Venkaiah Naidu (@MVenkaiahNaidu) December 30, 2022
މޯދީގެ މަންމަ މަރުވުމާ ގުޅިގެން ސިޔާސީ ދާއިރާގެ ވަރަށް ގިނަ ބަޔަކު އަންނަނީ ޓްވިޓާގައި ހިތާމަ ފާޅުކޮށް އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ.
މަންމަގެ ޖަނާޒާ އަށް މޯދީ މިހާރު ވަނީ ގުޖުރާތަށް ވަޑައިގެންފަ އެވެ.