Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ބީޗު ވޮލީން އަލަށް ރަން މެޑެލް ހޯދައިފި

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއާގެ ރަން މެޑަލް ރާއްޖެއިން ހޯދައިފިއެވެ.

މިއަދު ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ބީޗް ވޮލީ ކޯޓުގައި ރާއްޖޭގެ އިސްމާއިލް ސާޖިދު އަދި އާދަމް ނަސީމްގެ ޕެއާ ރަމް މެޑަލް ހޯދީ ނޭޕާލްގެ އެއްވަަ ޕެއާ މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބާހާދުރު ސުނާރުއާ އާއި ވާދަކޮށް 13-21، އަދި 19-21 ބަލޮކޮށްގެންނެވެ. މިއީ ސަރަހައްދީ ވޮލީ މުބާރާތަކުން ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ރާއްޖޭގެ ޕެއާ ފައިނަލަށް ދަތުރުކުރީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް ބަލިކޮށްފައެވެ. މިމުބާރާތުގައި ރާއްޖެއިން ބައިވެރިވި ދެވަނަ ޕެއާ ޝަމާއިލް ހުސެއިންއާއި އަހުމަދު މުހައްމަދު ވަނީ އެއް މެޗުން މޮޅުވެ އެއް މެޗުން ބަލިވެ ކަޓާފައެވެ.

ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް އަދި ކިރްގިސްތާނާއި ބޫޓާންގެ އިތުރުން ދެން ވާދަކުރީ ނޭޕާލާއި ޕާކިސްތާނެވެ. ހަ ގައުމުން މުބާރާތުގައި އަށް ޕެއާ ވާދަ ކުރި އެވެ