Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

ނަޝީދު އިސްލާމީ ވެރިކަމެއް ކޮށްފާނެކަމާ މެދު ޝައްކު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަލުން ވެރިކަން ލިބިއްޖެ ރާއްޖޭގައި އިސްލާމީ ވެރިކަމެއް ކުރައްވައިފާނެކަމާ ދޭތެރޭ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ސުވާލު އުފައްދަވައިފި އެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަށް އަލުން ވެރިކަން ލިބިވަޑައިިގެންފި ނަމަ ރާއްޖޭގައު އިސްލާމީ ވެރިކަމެއް އޮންނާނެ ކަމަށް ގަބޫލުކުރައްވަން ވަރަށް ދަތި ކަމަށެވެ.

ނަޝީދު މިހާރު ގެންދަވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތހާބުގައި ވާދަކުރައްވަން އެމްޑީޕީގެ ރިޔާސީ ޓީިކެޓް ހޯއްދަވަން ޕްރައިމަރީ އަށް ކެމްޕޭން ކުރައްވަމުންނެވެ. ޕްރައިމަރީ ބާއްވަން ހަމަޖެހިފައި އިތީ އަންނަ މަހުގެ 28 ގަ އެވެ. އަދި އޭގައި ނަޝީދާ ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ނަޝީދަކީ އަބަދު ވެސް އެ މަނިކުފާނުގެ މައްޗަށް އިސްލާމީ ފިކުރުތަކާ ދެކޮޅު ވާހަކަތައް ދައްކަވާ އަދި އެފަދަ ކަންކަންމަށް އަމަލީ ގޮތުން ވެސް ހިއްވަރު ދެއްވާ ކަމަށް ތުހުމަތުތައް ކުރެވޭ އަދި ލާދިނީ ލީޑަރެއްގެ ގޮތުގައި ވެސް ވަރަށް ގިނަ ސިޔާސީ ފަރާތްތަކުން ސިފަކުރާ ބޭފުޅެކެވެ. ނަޝީދުގެ ވެރިކަމުގައި ވެސް ރާއްޖޭގައި ލާދިނީ ކަންކަން ފަތުރަން މަސައްކަތްކުރައްވާފައިކަމުގެ ބޮޑެތި ތުހުމަތުތަކެއް، ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ވެރިން ވެސް ކުރައްވާފައިވެ އެވެ.