ސްރީ ލަންކާ އަށް މިހާރު ދިމާވެފައިވާ އޮތް ދަތިތަކުން އަރައިގަތުމަށް އދ. އިން 101.5 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.
އދ. ގެ ހިއުމެނަޓޭރިއަން ނީޑްސް އެންޑް ޕްރިއޮރަޓީސް (އެޗްއެންޕީ) ގެ ދަށުން ދެވޭ މި އެހީގެ ތެރެއިން 3.4 މިލިއަން ޑޮލަރު ހާއްސަކޮށްފައި ވަނީ އެހީ އަށް އެންމެ ޖެހިފައިވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ކަމަށް އދ. އިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު ހަނާ ސިންގާ-ހަމްދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލަންކާ އަށް ހަމަޖެހުނު މި އެހީ އަކީ އެކުވެރި ގައުތަކުގެ އެހީތެރިކަމާ އެކު ހަމަޖެހުނު ފަންޑްގެ ދަށުން ފޯރުކޮށްދޭ އެހީއެކެވެ. އެހެންވެ އެކަމަށްޓަކައި އެހީތެރިކަން ފޯރުކޮށް ދިން ހުރިހާ ގައުމަކަށް ހަނާ ޝުކުރު ވެސް އަދާކުރެއްވި އެވެ.
Delighted to announce that today, a milestone has been achieved. UN HNP appeal reached $101.5 m thanks to the generous contribution of friends of SL.Thanks to these funds, humanitarian assistance will be provided to 3.4 million most vulnerable people.
— Hanaa Singer-Hamdy (@SingerHanaa) December 30, 2022
ލަންކާ އަށް މި އަހަރުގެ ތެރޭގައި އދ. އިން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ. އޭގެ ތެރޭގައި ކާނާ އާއި ބޭސް ފޯރުކޮށް ދިނުން ފަދަ ކަންކަން ހިމެނެ އެވެ.
މި އަހަރުގެ ކުރީކޮޅު ލަންކާ އަށް ކުރިމަތިވި މާލީ އަދި އިގުތިސާދީ ބޮޑުތަދާ ގުޅިގެން މިހާތަނަށް އެކި ގައުމުތަކުން އެ ގައުމަށް އެހީވެފައިވެ އެވެ. ދަރަނިތައް ވެސް ބޮޑު، އަދި ބޭރު ފައިސާގެ ރިޒާވެއް ވެސް ނެތުން ފަދަ މައްސަލަތަކާ ގުޅިގެން، ގައުމުގެ ހާލަރތު ރަނގަޅު ކުރުމަށްޓަކައި ލަންކާ ސަރުކާރުން މިހާރު އެންމެ ބޮޑަށް މަސައްކަތްކުރަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މާލީ އެހީތެރިކަން ހޯދުމަށެވެ.