Last Updated: April 16, 08:56
Tuesday, April 16, 2024
ޚަބަރު

ގައުމީ ޤުރުއާން މުބާރާތް މިއަދު ނިމޭނެ

މިހާރު ކުރިއަށްދާ 35 ވަނަ ގައުމީ ޤުރުއާން މުބާރާތް މިއަދު ނިމޭނެ ކަމަށާއި މިހާރު ކުރިއަށް ދަނީ އެ މުބާރާތުގެ އެންމެ ފަހު ކެޓަގަރީގެ ކިޔެވުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ފެށި މުބާރާތުގައި މި ފަހަރުގެ މުބާރާތުގައި 121 މުއައްސަސާއަކުން 1،022 ބައިވެރިން ވާދަކުރެ އެވެ. މުބާރާތުގައި ސްކޫލްތަކާއި އަތޮޅުތަކުގެ ކައުންސިލްތަކާއި ކްލަބް ޖަމިއްޔާ ޖަމާއަތްތަކުންނއި ކުންފުނިތަކާއި ޤުރުއާން ކްލާސްތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އަދި އަމިއްލަ ގޮތުން ބައިވެރިވާ ފަރާތްތަކާއި ހާފިޒުން ވާދަކުރެ އެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގައި 600 ބައިވެރިންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 409 ބައިވެރިން އަދި 13 ޙާފިޒުންގެ ހުށައެޅުން މުބާރާތުގައި ކުރިއަށް ދިޔަ އެވެ.

މާލޭގެ ސަލްމާން މިސްކިތުގައި ކުރިއަށްދާ މުބާރާތް މިއަދި ނިންމައިލާ އިރު، މުބާރާތް ކުރިއަށްދާ ގޮތަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްލަވާލެއްވި އެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަތެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ބާއްވަމުން އަންނަނީ 1980 ވަނަ އަހަރުން ފެށިގެންނެވެ.