Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ކާޑުން ބަސް ދަތުރަށް ފައިސާ ދެއްކޭ ގޮތް ހަދަނީ

އެމްޓީސީސީން ދެމުން އަންނަ ބަސް ދަތުރުތަކަށް މާލޭގައި ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ކުރި ޓްވީޓްތަކެއްގައި މިކަމުގެ ޓްރައިލްތަކެއް މާދަމާ އާއި އަނެއް ދުވަހު ކުރިއަށް ގެންދަން ވެސް ނިންމާފައިވާ ކަމަށެވެ. އޭގައި މާސްޓަ ކާޑާއި ވިސާ ކާޑުގެ ކޮންޓެކްޓް ލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ބަސް ދަތުރުތަކަށް މާލޭގައި ނަގަނީ ބޮލަކަށް 7ރ. އެވެ.

މި ހިދުމަތް ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ވެސް އެ ކުންފުނިން އަންނަނީ ދެމުންނެވެ. އެގޮތުން މިނީ ބަހުގެ ހިދުމަތް ލ. އަތޮޅާއި ފުވައްމުލަކާއި އައްޑޫގައި އަންނަނީ ޖުލައި މަހުން ފެށިގެން ދެމުންނެވެ.