Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"އެވަޓާ 2" އިން އިތުރު ދައްކައިލުމެއް

ވަރަށް ގިނަ ގައުމުތަކުގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ހޮލީވުޑްގެ ފިލްމު "އެވަަޓާ: ދަ ވޭ އޮފް ވޯޓާ" ގެ ޓްރެއިލާއެއް އަނެއްކާ ދައްކާލައިފި އެވެ.

ހަމަ ޔަގީނުން ވެސް މިއީ މި ފިލްމު ބަލާލުމުގެ ފުރުސަތު އަދި ނުލިބޭ މީހުންނަށް ލިބޭނެ ބޮޑު އުފަލެކެވެ. އެހެންވެ "އެވަޓާ: ދަ އޮފް ވޯޓާ" އިިން ދައްކައިލާ ކޮންމެ މަންޒަރަކީ މިއަށް ދެވޭ ޝައުގުވެރިކަން އިތިރުކޮށްދޭ ކަމެކެވެ. ޕެންޑޯރާ ދުނިޔެ ފަދަ ތަނެއް ކަމަށް ބުނެ އާންމުކުރި ޓްރެއިލާ އިން މި ފިލްމުގެ މޮޅުކަމާއި ފުރިހަމަކަން ދައްކުވައިދެ އެވެ.

މި މަހުގެ 16 ގައި ސިނަމާތަކަށް ގެނައި "އެވަޓާ: ދަ ވޭ އޮފް ވޯޓާ" އަކީ ޑައިރެކްޓަރު ޖޭމްސް ކެމެރޮން 2009 ގައި ގެނެސްދިން "އެވަޓާ" ގެ ސީކްއެލް އެވެ. އާ ފިލްމުގެ އާމްދަނީ މިހާރު 1.193 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. މީގެ ފުރަތަމަ ބަޔަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އެއަށް ޖުމްލަ 237 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ޖުމްލަ 2.923 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

"ޓައިޓޭނިކް" ވެސް ގެނެސްދިން ކެމެރޮންގެ "އެވަޓާ: ވޭ އޮފް ވޯޓާ" އަކީ 460 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.