އާ އަހަރަކާ ކުރިމަތިލާން ޖެހުނީ ހަރާން ހުކުމަކާ އެކީ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ ގުޅުވައި އާ އަހަރުގެ ތަހުނިޔާ ކިޔަން ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބޭފުޅުންނަށް އާ އަހަރު ބައްދަލުކުރީ ހަރާން ހުކުމަކާ އެކީގައި ކަމަށެވެ.
2023 އަޅުގަނޑުމެންނާ ބައްދަލުކުރިއިރު ހަރާން ހުކުމެއްކޮށް ދިވެހިންގެ އުއްމީދު @prz_ymn ވަނީ ހުރަގެއަށް ލާފައި.
2023 ގައި އެންމެ އިސްކަމެއް ދޭނީ މި އަނިޔާވެރިކަމުން ދިވެހިން ސަލާމަތްކޮށް ރައީސް ޔާމީން ވެރިކަމަށް ގެންނަން إن شاء الله #FreePresidentYameen #HaraamHukum #RY2023 pic.twitter.com/IC2vSfqMRr— Ahmed Shiyam (@Shiyamaldives) December 31, 2022
"ހަރާން ހުކުމެއްކޮށް ދިވެހިންގެ އުއްމީދު ރައިސް ޔާމީން ވަނީ ހުރަގެއަށް ލާފައި. މި އަހަރު އެންމެ އިސްކަމެއް ދޭނީ މި އަނިޔާވެރިކަމުން ދިވެހިން ސަލާމަތްކޮށް ރައީސް ޔާމީން ވެރިކަމަށް ގެންނަން إن شاء الله" ޝިޔާމް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އާ އަހަރަކާ ކުރިމަތިލި އިރު ގައުމުގެ އިގުތިސާދު ވަނީ ވަރަށް ބޮޑަށް ވަޅުޖެހި، ސަރުކާރުގެ އަނިޔާވެރިކަން ވެސް ވަނީ އިންތިހާ އަށް ގޮސްފައި ކަމަށެވެ.