Last Updated: July 26, 11:51
Sunday, July 26, 2026
ޚަބަރު

ބީއެމްއެލް ކަލަންޑަރުގެ ގިވްއަވޭއެއް

އާ އަހަރަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައްޔާރުކުރި ކަލަންޑަރު ހޯދުމުގެ ފުރުސަތެއް ހުޅުވާލައިފި އެވެ.

ގައުމީ ބޭންކުން ބުނީ ކަލަންޑަރު ހޯދޭނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެ ބޭންކުން އާންމުކޮށްފައިވާ ޕޯސްޓްގައި ރައްޓެއްސަކު ޓެގްގެ އާ އަހަރުގެ ހެޔޮއެދުންތައް ފޮނުވުން ކަމަށެވެ. އެގޮތުން މި މަހުގެ 3 ވަނަ ދުވަހުގެ ރޭ 12:00 ހަމައަށް ކުރާ އެފަދަ ކޮމެންޓްތަކުގެ ތެރެއިން 10 ނަސީބުވެރިން ހޮވައި ކަލަންޑަރު ދޭނެ ދޭނެ ކަމަށް ބުންޏެވެ.

ބީއެމްއެލްގެ މި އަހަރުގެ ކަލަންޑަރު މި ފަހަރު ތައްޔާރުކޮށްފައި ވަނީ ކުރެހުންތެރިޔާ ޝިމްހާ ޝަކީބުގެ ފެންކުލައިގެ ކުރެހުންތަކުންނެވެ.