Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ޒަކަބާގަށް އިތުރު ދަރިޔަކު ލިބެނީ

ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް އިތުރު ދަރިއަކަށް މަރުހަބާ ކިޔަން ތައްޔާރުވާން ފަށައިފި އެވެ

މިހާރު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ޒަކަބާގް، 38، އާއި ޕްރަސީލާ ޗަން، 37، ގެ މިހާރު ވެސް ދެ ކުދިން ތިބެ އެވެ. އެއީ މެކްސިމާ ޒަކަބާގް، 7، އާއި އޮގަސްޓް ޗަން ޒަކަބާގް، 5، އެވެ.

މިއަދު ފެށުނު އާ އަހަރުގެ ތަހުނިޔާ ފޮނުވަން ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯއެއްގައި ޒަކަބާގް ވަނީ ތިން ވަނަ ދަރިފުޅަށް ބަލިވެއިން އިން އަންހެނުންނާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ. އަދި އެ މީހުންނަށް އިތުރު ދަރިއަކު ލިބެން އުޅޭކަން އެނގުމުން ވަރަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ވެސް ކިޔަމުންނެވެ.

ޒަކަބާގާއި ޕްރަސީލާ ކައިވެނިކުރީ 2012 ގަ އެވެ.

ފޭސްބުކާ އެކީ މަހުޖަނަކަށް ބަދަލުވި ޒަކަބާގްގެ މިލްކިއްޔާތު މިހާރު 43.8 ބިލިއަން ޑޮލަރަށް އަރަ އެވެ. ފޭސްބުކްގެ އިތުރުން އިސްޓަގްރާމާއި ވަޓްސްއެޕަކީ އޭނަގެ ކުންފުނި މެޓަގެ ދަށުން ހިންގަމުން އަންނަ މަގުބޫލު ސޯޝަލް ޕްލެޓްފޯމްތަކެވެ.