Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އާ އަހަރުގެ ޝޯ ބަލަން 20،000 މީހުން ދިޔަ

އާ އަހަރުގެ ފެށުން ފާހަގަކުރަން ރޭ ހުޅުމާލޭގައި ބޭއްވި ޝޯ ބަލަން 20،000 މީހުން ދިޔަ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް ވިދާޅުވީ ރާއްޖޭގައި ވެސް މިއުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ އެތައް ހާސް ރައްޔިތުންނެއް އުޅޭ ކަމަށާއި އެ ފުރުސަތު އެ ރައްޔިތުންނަށް ވެސް އޮންނަންވާނެ ކަމަށެވެ.

"ރޭގެ ޝޯ ބަލާލަން 20،000 އާއި ގާތްކުރާ އަދަދަކަށް ހުޅުމާލެ ޓްރެކް އެއްކޮށް ފުރާލި." މަހުލޫފް ވިދާޅުވި އެވެ.

ޔޫތް މިނިސްޓްރީގެ ފަރާތުން އިންތިޒާމު ކުރި އެ ޝޯ ގައި އިންޑިއާގެ ލަވަކިޔުންތެރިޔާ ޕަވްނީ ޕާންޑޭ އާއި ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ބޭންޑް، ހަބޭސް އާއި އޭގެ ދަށުން ހިންގާ ލެވިޓޭޝަނާއި ފިއުޝަން އާއި އިތުރު ދިވެހި ފަންނާނުން ޕާފޯމްކޮށްފައިވެ އެވެ.

"މޯލްޑިވްސް ވާއު ފެސްޓް" ގެ ނަމުގައި ބޭއްވި އެ ޝޯ ގެ ތެރެއިން ހަވާ އަރުވާފައިވެ އެވެ.