Last Updated: June 23, 19:16
Tuesday, June 23, 2026
މުނިފޫހިފިލުވުން

މީރާ ހެދުން އެޅި ގޮތަށް ފާޑުކިޔުންތަކެއް

އާ އަހަރު ފާހަގަކުރަން ބޭއްވި ޝޯއެއްގައި ރާއްޖޭގައި ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ހެދުން އެޅި ގޮތަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އޭނަ ރޭ ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯތަކެއްގައި ނިވާކަން ކުޑަ ހެދުމެއްގައި ސްޓޭޖެއްގައި ޕަފޯމްކުރާ ތަނެވެ. ޝޯގައި މީރާ ލައިގެން އިނީ ކޮނޑުކެޑިއެއް ކަހަލަ ކުރު ޓޮޕަކާއި ކުރި ސްކާޓެކެވެ. މި ފޮޓޯތަކާ އެކީ ބުނެފައި ވަނީ މިއުޒިކް ބޭންޑް، ލައިމްސްޓޯންއާ އެކީ ޕަފޯމްކުރަން ލިބުމަކީ އުފަލެއް ކަމަށެވެ.

މީރާގެ މި ފޮޓޯތަކަަށް ފާޑުކީ ބައެއް މީހުން ވަނީ މިހާރު މި ފެންނަނީ މި ގައުމުގެ އަންހެނުންގެ ހާލަތު ކަމަށެވެ. އަދި ބައެއް މީހުން ވަނީ ލަދު ހަޔާތެއް ނެތް ވެސް ކަމަށާއި ރާއްޖެ އަކީ ސައްތައިން ސައްތަ ގައުމެއް ބުނާތީ އެކަމަށް ވެސް ފާޑު ކިޔައިފަ އެވެ.

މީރާ އަކީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދުގެ ދަރިއެކެވެ.