Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

ބޭނުމީ ވޮލީން އޮލިމްޕިކްސް އަށް ދާން

މިހާރު ދެކެން ބޭނުން ވަނީ ބީޗް ވޮލީން ރާއްޖެ އޮލިމްޕިކްސް އަށް ކޮލިފައިވާނެ ދުވަހެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްގައި މިދިޔަ މަހު ބޭއްވި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއާގައި ވާދަކުރި ރާއްޖޭގެ ޓީމް ރަން މެޑަލް ހޯދައިގެން ރާއްޖެ އައުމުން އެ ޓީމަށް ހޫނު މަރުހަބާއެއް ކިޔަން ރޭ ބޭއްވި ހަފުލާގެ ފޮޓޯތަކަކާ އެކީ މަހްލޫފު ވިދާޅު ވަނީ ރާއްޖެ އަށް ވޮލީ ބޯޅައިގައި ލިބުނު ފުރަތަމަ ރަން މެޑަލް ހޯދި ޓީމަށް ހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ.

އޭނަ ވިދާޅުވީ ވާހަކަ މަދުކޮށް ޢަމަލު ގިނަކުރީމައި މާ ރަނގަޅު ނަތީޖާ އަދިވެސް ހޯދޭނެ ކަމަށެވެ.

"ކުރަމުން މިދާ ދަތުރުގައި އެންމެ ދެކެން ބޭނުން ވަނީ އޮލިމްޕިކްސް އަށް ރާއްޖެ ކޮލިފައިވާ ދުވަސް. إن شاء الله." މަހްލޫފް ވިދާޅުވި އެވެ.

ބީޗް ވޮލީން ރާއްޖެ އަށް ރަން މެޑެލް ހޯދައި ދިނީ އިސްމާއިލް ސާޖިދާއި އާދަމް ނަސީމްގެ ޕެއާ އެވެ.