Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ނަޝީދުގެ ބައްދަލުވުމެއް މިރޭ މާލޭގައި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ކެމްޕޭން ބައްދަލުވުމެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

"ފިކުރެއްގެ ދިރުން" ނަމުގައި ރައީސް ނަޝީދުގެ ކެމްޕޭން ކުރިއަށް ގެންދާއިރު މިރޭގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭ ބޮނޑިބަތް ޕާކުގައެވެ.

އެގޮތުން މިރޭ 08:30 ގައި އެ ބައްދަލުވުން ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު، އެމްޑީޕީގެ މެމްބަރުންނަށް މިރޭގެ ބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެވެ.

ޕްރައިމަރީއަށް ކެމްޕޭން ހަރަކާތްތައް ރައީސް ނަޝީދު ހިންގަވާއިރު މިފަހުން އެމަނިކުފާނުވަނީ ބޮޑުތިލަދުންމައްޗަށްވެސް ވަޑައިގެންފައެވެ.