Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޖެރެމީ އެކްސިޑެންޓްވެ ފަރުވާ ދެނީ

"އެވެންޖާޒް" ފަދަ ކާމިޔާބު އެތައް ފިލްމެއްގައި މަސައްކަތްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ތަރި ޖެރެމީ ރެނާ އެކްސިޑެންޓްވެ، ލިބުނު އަނިޔާތަކަކާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

އޭނަގެ ތަރުޖަމާނު މިކަން ކަށަވަރުކޮށްދީ މީޑިއާތަކަށް ބުނީ 51 އަހަރުގެ އެކްޓަރު އެކްސިޑެންޓްވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެކަމަކު އެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. ތަރުޖަމާނު ބުނީ ޖެރެމީގެ ހާލު "ކްރިޓިކަލް ނަމަވެސް ސްޓޭބަލް" ކަމަށެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޖެރެމީ އެކްސިޑެންޓްވީ އެމެރިކާ އަށް މިހާރު ކުރިމަތިވެފައި އޮތް ސްނޯ ތޫފާނުގެ ތެރޭގައި ދުއްވަނިކޮށެވެ. އަދި އޭނާ އެކްސިޑެންޓްވީ ނެވާޑާގައި ކަމަށް ވެސް ބުންޏެވެ.

ޖެރެމީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ނޮބެމްބަރު މަހު ރިލީޒްކުރި "ގްލާސް އަނިއަން: ނައިވްސް އައިޓް" އިންނެވެ. އޭނަ މިހާތަނަށް ވަރަށް ގިނަ ފިލްމުތަކާއި ސީރީޒްތަކުގައި މަސައްކަތްކޮށްފައިވެ އެވެެ.