Last Updated: July 26, 11:51
Sunday, July 26, 2026
ޚަބަރު

ދާރުލްއާސާރުގެ ކެފޭ ހިންގާނެ ބަޔަކު ހޯދަނީ

މާލޭގައި ހުންނަ ގައުމީ ދާރުލްއާސާރުގައި ހަދާފައިވާ ކެފޭ އާއ ސުވެނިއާ ޝޮޕް ހިންގައި ދޭނެ ބަޔަކު ހޯދަން ހުޅުވާލައިފި އެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނީ އެތަނުން ދޭ މައުލޫމާތާ އެއްގޮތަށް ދާރުލްއާސާރު ގައި ގާއިމުކޮށް ހުރި ކެފޭ އާއި ސްވެނިއާ ޝޮޕް ހިންގުމުގެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުބު 11:00 ގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގައި އޮންނާނެ އެވެ. އެ ސެޝަންގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު 3340236 ނަންބަރުން ހޯދޭނެ އެވެ.