Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ކަނޑުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ވ. އަތޮޅުގެ ސެޓެލައިޓް އިމެޖް-

ވ. އަތޮޅު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިފައިވާކަމަށް މިއަދު ހެނދުނު 09:03 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ ހަށިގަނޑު ފުލުހުންގެ ލޯންޗަށް ނަގާފައިވާކަމަށާއި މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިފަހުން ވިލިމާލެއިން ތެޔޮބޯޓެއްގައި ފުރި ދެ މީހަކު ގެއްލިގެންވެސް އަންނަނީ ހޯދަމުންނެވެ. ގެއްލިގެން ހޯދަމުން އަންނަނީ ގދ. ތިނަދޫ / މަނާރު، އުމުރުން 45 އަހަރުގެ މުޙައްމަދު ނިޒާމް އާއި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަން ނަމަކަށް ކިޔާ މީހެކެވެ. އެ ދެމީހުން ދުއްވި ތެޔޮބޯޓު ފެނިފައިވާއިރު އެ ދެ މީހުން އަދިވެސް ނުފެނެއެވެ.