ރައީސް މުހައްމަދު ނަޝީދު މާލޭގައި ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންދަވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ކުރިމަތިލައްވާފައިވާއިރު އެމަނިކުފާނު އަންނަނީ ކެމްޕޭން ހަރަކާތްތައް ހުއްޓާނުލާ ކުރިއަށް ގެންދަމުންނެވެ.
އެގޮތުން މިއަދު ހެނދުނު މާލޭގައި އެމަނިކުފާނު ވަނީ ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންދަވާފައެވެ. ހެންވޭރުގެ ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންދިޔައިރު އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ ހައްދަވާފައިވެއެވެ.
ހެންވޭރުގައި ދޮރުންދޮރަށް ޒިޔާރަތްކުރެއްވުގެ ތެރެއިން..#Anni2023 #FikureggeDhirun pic.twitter.com/G5LjlY91Yw
— Mohamed Nasheed 2023 ⚖️ (@Anni_2023) January 2, 2023
މިރޭވެސް ރައީސް ނަޝީދު އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ބޮނޑިބަތް ޕާކުގައި 08:30 ގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕްރައިމަރީއާ ގުޅޭ ހަތަރު ސީރިއަށް މައްސަލައެއް ރައީސް ނަޝީދުގެ ފަރާތުން ވަނީ އެމްޑީޕީއަށް ހުށަހަޅާފައެވެ.